HeyWalla 2013

We are dedicated to support those who are working so hard and so tirelessly to restore the lost Maldives. "Anne'h Dhivehi Raajje" proved futile. We want our Dhivehi Raajje Back.
All good Maldivians send in your articles, opinions and messages to Heywalla 2013 for publication. My email is
matthiasisoke@gmail.com
Thank you.

Tuesday, October 11, 2011

2013 ge BODU MANZARU.

You need "A_faruma.ttf" font installed in your computer to view this article.

މުރާސިލުން ބުނާ ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ މުސްތަޤްބަލަށް ވަރަށް މުހިއްްމު އިންތިޚާބެކެވެ.

2013 ގެ ނަތީޖާ އަށް ވާ ގޮތަކުން ރާއްޖޭގެ އިޤްތިސާދް މިހާރަށް ވުރެ ފުން ވަޅުގަޑަކަށް ވެއްޓި، ދަރަނި އިހުނަށް ވުރެ ބޮޑުވެ، އާއްމު ޚިދުމަތްތަކާއި ތަކެތީގެ އަގު ބޮޑުވެ، ބޭރުފަރާތްތަކުން ރާއްޖެއަށް ވެރިވެގަތުމުގެ ފުރުސަތު މިހާރަށް ވުރެވެސް އިތުރުވެގެން ދާނެއެވެ. މިއީ މީގެ ދެރަގޮތެވެ. އަނެއްގޮތަކީ ރާއްޖޭގެ އިކްތިޝާދު މިވަރެއްގައި ހިފެހެއްޓިފައި އޮތުމެވެ. އާއްމު ހާލަތު އިތުރަށް ގޯސް ނުވެ އޮތުމެވެ، މިވެސް ރަގަޅު ގޮތަކީ އެއް ނޫނެވެ.  ރައްޔަތުން  މިހާރު ދެން އޮތީ ދެރަ ދެ ގޮތުންކުރެ ގޮތެއް ނިންމުމެވެ. ވީމާ 2013 ގެ އިންތިޚާބަށް ނަޒަރެއް ހިންގާލުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.

ޕީ.ޕީ.އެމް އުފަންވުމާއި، ޕީ.އޭ ގެ ގުޅުން ބައެއް މީހުން ދެކެނީ ކާމިނީއާއިލާގެ ވެރިކަން އަލުން އަނބުރާއައުމަށް ހޯދާ ފުރުސަތެއްކަމުގައިއެވެ.  މިވަގުތަަކީ ރައްޔަތުންގެ ތެރޭގައި އެމް.ޑީ.ޕީ ގެ މިހާތަނަށް އެންމެ ދަށްވެފައިވާ ވަގުތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.  ކުރިޔަށް އޮތް އިންތިޚާބުގައި އެމް.ޑީ.ޕީ އަށް މާ ބޮޑު ކާމިޔާބީއެއް ލިބޭނެޔޭ ބުނުމަކީ މިވަގުތު ދަތިކަމެކެވެ.  އަދި ހަރުދަނާ އެއްވެސް ޕާޓީއެއް އެމް.ޑީ.ޕީ އާއި ގުޅުމަކީ ވަރަށް ނާދިރު ކަމެކެވެ.  އެމް.ޑީ.ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިތުރުން އެ ޕާޓީ ތެރެއިންވެސް ގިނަ ބަޔަކު ވެރިކަމާއި ދޭތެރޭ އޮތް އިތުބާރު ވަނީ ގެއްލިފައިއެވެ.

މިހާލަތުގައި  2013 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރުމަކީ  ވަރަށް ބޮޑު ސުވާލެކެވެ. އެމް.ޑީ.ޕީ އަށް ހަމައެކަނި އޮތް ފުރުސަތަކީ އެކަނި ހާލާއިގެން އިންތިޚާބުގައި ވާދަކުރުމެވެ. އެކަނި ވާދަކޮށްގެން  އެމް.ޑީ.ޕީއަށް %51 ލިބުމަކީ މުސްތަޚިލްކަމެކެވެ. މިކަމުގެ ހަޤީގަތަށް ވިސްނާލަމާ ހިގާށެވެ. އެމް.ޑީ.ޕީ 2008 ގައި ވެރިކަމަށް އައި ފަހުން ވެރިކަން ކޮށްފައި ވަނީ ވަރަށް ޚުދްމުހްތާރުކޮށެވެ. ވީމާ ރައްޔިތުން ވެސް މިކަން ދެކިގެން އޭގެ ބަދަލު 2013 ގައި ދޭނެ ކަން ޔަޤީނެވެ.  ޖީ.އެމް.އާރް އާއި ގުޅުން ހުރި ފަރާތަކުން ބުނަމުން ދަނީ 2013 ވަނަ އަހަރުގެ އިންތިޚާބަށް ގިނަ އަދަދެއްގެ ފައިސާ އެމް.ޑީ.ޕީ އަށް ދޭނެކަމަށެވެ.  ދެން އޮތް ސުވާލަކީ މިކަމުން އަސަރު ކޮށްފާނެބާވެ. ރައްޔިތުމީހާ ދެކެނީ ކިހިނެތް ބާވައެވެެ؟  އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާނުލާނެ އެއްވެސް ގޮތެއް ނޯންނާނެ.

އެމް.ޑީ.ޕީ ވެރިކަމުގައި ތަކެތީގެ އަގުތަކަށް އައި ބަދަލާއި، ސަރުކާރުން ކުރި ފޫނުބެދޭ ދޮގު ވައުދުތަކާއި، ޤާނޫނާއި ޤަވައިދަށް ހުރުމަތް ތެރިކޮށް ނުހިތުމާއި، ކަރަޕްޝަން ގެ ބޮޑެތި މައްސަލަތަކާއި ހެދި ރައްޔަތުންގެ ރުޅިވެކަން ވަޒަންކޮށްލެވޭނީ އެފް.އެމް ރޭޑިޔޯތަކުން  ފާޅުކުރާ ޚިޔާލުތައް އަޑުއަހާލީމައެވެ.  ރައްޔަތުންގެ ކަންބޮޑުވުމާއި، އެބައިމީހުންގެ ގިލަންވެރިކަން އެގިގެންދެއެވެ.

ރައްޔަތުންގެ އުއްމީދުތަށް މިހާރު ހުއްޓިފައި ވަނީ ޕީ.ޕީ. އެމް އަށެވެ.  މިކަމާއި އެމް.ޑީ.ޕީ އިން ވަރަށް ޖެހިލުން ވާން ފަށައިފި. ނަޝީދު 2013 ގެ ކެމްޕޭން ފަށައިފި. ކުޑަތަންވެފައިވާވަރުން ވެރިމީހާ އާއްމުންނާއި ޒުވާބުކުރުންފަދަ ހަޑި އަމަލުތަށް ވިޑިޔޯއިން ފެންނަން ފަށައިފިއެވެ.  ދެރަކަމަކީ އަޑިޔަށް ދާ މީހާގެ ބޮލުގައި އަޅާ ކޮއްޕާލުމުގެ އާދަ އަޅުގަޑުމެންގެ ތެރޭގައި ނެތި ނުދެއެވެ.  ޚަބަރު ލިބޭގޮތުގައި ޑރ. ޑީޑީ އާއި ރީކޯ މޫސާ ފަދަ މީހުން ތިބީ މިފަދަ ވަގުތަކަށް ބަލަބަލައެވެ.

އާޚިރު ނަތީޖާއަކީ 2013 ގެ އިންތިޚާބުގައި އެމް.ޑީ.ޕީ އެކަނިހައްޓާއި ނިކުންނަން ޖެހިދާނެކަމެވެ. އަދި އެމް.ޑީ.ޕީ ގެ ތެރެއިން ނިޔު އެމް.ޑީޕީ ކިޔާ ފެކްޝަނެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން ވެސް ވަރަށް ބޮޑެވެ.  ޑީ.އާރ.ޕީ އާއި ޕީ.ޕީ.އެމް އަކީ މައުމޫން ގެ އުފެއްދުމަކަށް ވާއިރު، މިރޭހުގައި ކާމިޔާބު ލިބޭނެ ކަމަށް ބެލެވެނީ އަދާލަތް ޕާޓީ ފަދަ ރައްޔަތުންގެ އިތުބާރު ލިބިފައިވާ ސިޔާސި ގޮތުން ތަސައްރަފް ފުދިފައިވާ ޕާޓީ ތަކާއި ގުޅިގެން އިންތިޚާބަށް ކުރިމަތިލާ ޕާޓީއަކަށެވެ.  އަޖާއިބަކީ އަދިވެސް ރައްޔަތުންގެ ލޯތްބާއި އިޙްތިރާމް މައުމޫނަށް ލިބެމުން ދާވަރުންނެވެ.  މީ ރައްޔަތުންގެ ނިންމުންނަމަ، ހުރިހާ އެންމެންވެސް މިކަމަށް އިޙްތިރާމް ކުރަންވާނެއެވެ.
CONTRIBUTED BY Ila

No comments:

Post a Comment

Your comments are welcome.