HeyWalla 2013

We are dedicated to support those who are working so hard and so tirelessly to restore the lost Maldives. "Anne'h Dhivehi Raajje" proved futile. We want our Dhivehi Raajje Back.
All good Maldivians send in your articles, opinions and messages to Heywalla 2013 for publication. My email is
matthiasisoke@gmail.com
Thank you.

Thursday, November 10, 2011

Dhivehi Raajje ah sarahahdee dheen thauraf kuran Swami Masaikai kuranee


ސްވާމީ އަންނި


ސްވާމީ އަންނިގެ
ރީދޫޓައި އެޅި އަށްވާނު
ނަޝީދުގެ ވެރިކަން ނިމުމަކާއި ގާތަށް އައިވަރަކަށް އަހަރުމެންގެ މިނިވަންކަމަށް އެސޮރު މަޑުމަޑުން ޔަޤީނުންވެސް އެބައަރައެވެ. މިކަމުގައި ނަޝީދު ބޭނުންކުރަނީ ޕޮލިހުންގެ ތެރެޔަށް އެމް.ޑީ.ޕީ ގެ ސަރުކާރު ވެރިކަމަށް އައި ފަހުން ވައްދާފައި ތިބި ރައިސް ނަޝީދާ ބައިއަތު ހިފާ ބައެއް ނޭއްގާނީ މީހުންނެވެ. މިމީހުން ގިނަފަހަރު ޓީވީ، ނޫސްބަޔާން ދޭން އަރުވައެވެ. ޕޮލިސް ޔުނިފޯމުގެ ބަދަލުގައި މިބައިމީހުން ތިބެނީ ރީނދޫ ޓައީ އަޅާފައި ސިވިލިޔަން ހެދުމުގައެވެ.


މިހިނގާ ސާކްސަމިޓާއި ގުޅިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިސްލާމްދީނާ ޚިލާފު ބެނާތަކަކާއި ބުދުދީނަށް ނިސްބަތްވާ ބަޔެއްކަހަލަ ކުރެހުން ބަހައްޓާފައި ހުރެގެން އެއްޗެހި ނަގަން އެއާޕޯޓަށް ދިޔަ ބަޔަކު ކަމަށް ބުނެ، ފުލުހުންގެ ކަންޑުފޭރުމުގެ ކުޅަދާނަކަން ދައްކާލުމުގެ ގޮތުން ކަނޑުމަތިން މިބައި މީހުން ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސްފި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ދެ މެމްބަރުން ކަމަށްވާ އަހުމަދު މަހުލޫފާއި އަލީ އާރިފް ވެސް ހިމެނޭކަމަށް ޚަބަރުލިބިފައިވެއެވެ.

ފުލުހުން ކޮންމެއެއްޗެކޭ ބުނިކަމުގައި ވިޔަސް ހެއްވާ ވާހަކައެއްވާނީ ހެއްވާ ވާހަކަޔަކަށް، ބުއްދިގަބޫލް ނުކުރެވޭވަރުގެ ވާހަކަ ވާނީ ބުއްދިގަބޫލްނުކުރެވެވާހަކަޔަށެވެ. ހަމައެފަދައިން ދޮގުވާނީ ދޮގަށެވެ. ފުލުހުން އަންގަނީ އެ މީހުން ހައްޔަރުކުރީ ސާކް ސަމިޓާ ދިމާކޮށް އެއާޕޯޓްގެ ސަލާމަތަށް ނުރައްކާކުރަން އުޅުމުން ކަމަށޯ. މި ދެން ކޮންވާހަކައެއް؟ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ހުޅުލެއަށް ގޮސް އައްޑު އަތޮޅުގައި ބާއްވަން ހަމަޖައްސާފައި އޮތް ސާކު ސަމިޓަށް ކުރެވޭނީ ކޮން ނުރައްކަލެއް؟

މިހާރަކަށް އައިސް ކަންކަމުގައި ސަރުކާރުގެ ފަރާތުން ބަޔާންދޭށާއި ވަކާލާތްކުރައްވަން ނެރެފައިމިތިއްބަވާ ބޭކަލުން ސަރުކާރުން ނެރުއްވަނީ ހިދުކޮޅު އައިސްފާ ހުންނަ ވަގުތުކޮޅުގައިބާވެ އަޅުގަޑު ހިތަށް އަރައެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ކަމަށް ހަވީރު އޮންލައިން ގައި ޝާއިއު ކޮށްފައި ވަނީ "އެމީހުން އެއާޕޯޓަށް ދިއުމަށް ފުރާފައި ވަނީ ބޮޑު ދޯންޏެއްގައި ކަމަށާއި އެ ދޯނީގައި މީހުން އުފުލުމަށް ހުއްދަ އޮންނަ ވަރަށް ވުރެ ގިނައިން މީހުން ތިބި ކަމަށެވެ." މިޒަމާނަކީ ބޮއްކުރާފަހަރު ދުއްވާ ޒަމާނެއްނޫންކަން އެގިވަޑާއިނުގަންނަވަނީބާ؟ ހުޅުލެއާއި މާލެއާއި ދެމެދު ދުއްވާނީ އަބަދުވެސް ބޮޑެތި ދޯނިފަހަރެއްނޫންބާ؟. ހުއްދަ އޮންނަވަރަށްވުރެ ގިނައިން މީހުން އަރުވައިގެން މި ދެރަށު ދޭތެރޭ ދުއްވާކަން ފުލުހުންނަށް އެގުނީ ހަމައެކަނި ރޭގައިކަމަށް ވީތީ ވަރަށް ދެރަ. ތަކެތީގެ އަގު އަތްފޯރުވާ ފަށަށް މައްޗަށް ގޮސްފައި ވާ ދުވަސްވަރެއްގައި، މިނެކިރައިގެން ދޯނިފަހަރު ދުއްވައިގެން ރައްޔިތުންނަށް ލިބެނީ ގެއްލުން ޖީ.އެސް.ޓީ ނަގައިގެން މުސާރަ ލިބޭމީހުންނަށް ފައިދާވިޔަސް. މިނޫންގޮތަކަށް ދޯނިފަހަރު ދުއްވޭކަށްނޯވެ، ތަކެތީގެ އަގު އަތްފޯރާފަށުން އަތްފޯރުވާފަށަށް އަރާއިގެން ގޮސްފައިވާ ދުވަސްވަރެއްގައި، ހަތަރު މީހުންނާއި އެމް.ޑީ.ޕީ ގެ ދެ މެމްބަރުން ގެ ދަތުރު ކޮއްދީގެން ދެކޮޅުޖެއްސޭކަށް މިހާރަކު ނޯވެ.

ދިވެހިންނަށް ޒަމާނުން ސުރެ ލިބިފައި އޮންނަ ހިންގާބިންގާ އުޅުމުގައިޔާ ރާއްޖެތެރޭ އެއްރަށުން އަނެއްރަށަށް ދަތުރުކޮށްއުޅުމުގެ މިނިވަންކަމަށް އަރައިގަނެ، ގިނަ ބަޔަކު މިހައްޔަރުކުރީ ޚުދުމުޚްތާރު ރައިސް މުހައްމަދް ނަޝީދް ގެ އެންގުމުގެ މަތީން ކަމަށް ނަން ހާމަނުކުރަން އެދުނު ފުލުހުންގެ އޮފިސަރަކު ވިދާޅުވިއެވެ.

ސަތާރަވަނަ ސާކް ސަމިޓްގެ ތީމް އަކަށް ކަޑައަޅާފައި ވަނީ "ބިލްޑިންގް ބްރިޖަރސް" ކަމުގައި ވިޔަސް ހުޅުލެގައި ދަމާފައި ހުރި ބެނާތަށް ދައްކުވައިދެނީ އީސާގެފާނު ރަމްޒުކޮށްދޭ ކާރޓޫނުކުރެހުން ތަކެކެވެ. މީރައްބީގެ ބޮޑު ސިއްރަކަށް ހަދައިގެން ، ދިވެއްސަކަށް ނުދައްކާ، ހަމައެކަނި އަންނި ސާކު ޤައުމުތަކުން އަންނަ މީހުނަށް ދައްކަން ހުޅުލޭގައި ބަހައްޓާފައިވާ ލާދީނީ އެއްވެސް އެއްޗެއް ހުރިކަމުގައި ވަނީނަމަ، އެއީ ދިވެހިދަރިންގެ ސަމާލުކަމާއި، ޝައުޤްވެރިކަން އެކަމަކަށް ވަރަށް ބޮޑުވާނެކަމެކެވެ. މިގޮތުން އެބެނާތަށް ބަލަންދިޔުންވެސް މިހާރު މަނަލެވެ. އަދި މިގޮތުން ފުރަންނޫން އެހެން އެއްވެސް ގޮތަކަށް ނުވަތަ ބޭނުމަކަށް ހުޅުލެއަށް އަރާ ދިވެހިން ހައްޔަރުކުރާ ދުވަސް އޮތީ މާދުރަކު ނޫންކަމަށް ޤަބޫލްކުރެވެއެވެ.

8 comments:

  1. raajjeyge gaanoon asaasee in raajje genaun manaa thakethi bahetti behettun dhivehi dhaulathuge fuluhun nukume dhifaau kuraa kamee, mi sarukaaruge suyaasee thasarrafu nufudhumaa, rayyithah oiy ihuthiraam eh neiy kan saabithu vaa kan kan

    ReplyDelete
  2. meehunge sifa ah badalu genes photo jehumaki hama varah hadi adhi dera kameh. If you are against policies of government, debate in the light of facts. Making pictures of people in funny ways only proves your immaturity. Grow up. Be responsible if u want to achieve anything in 2013. If u do this people will not believe u r a serious group of people.

    ReplyDelete
  3. Note from Heywalla 2013
    Heywalla 2013 is a free for all blog. Articles will be published on as received basis. Comments will remain unedited. These articles and comments is a reflection of someone who wrote it.

    ReplyDelete
  4. Hmmmm. Anony ebunee varah bodu thedeh! meehunge sifa ah badalu genes photo jehumaki varah hadi adhi dera kameh. Ekamaku Easa ge faanu ge sifaigai cartoon kurahaa, bannar hadhaa airport gai behehtun baraabaru.
    Mee kon kahala duniye eh?

    ReplyDelete
  5. Raees Nasheed akee Freedom Champion eh. Hurihaa Freedom akah e manikufaan thaaidu kuravaa, Raajje gai mihaaru nethee hama ekani "Freedom of Religion" Veemaa ekamah Raees Nasheed varah bodah masaikai kuravaa. Adhi alhugadumen ekamah fakhuruverian.

    ReplyDelete
  6. Do you seriously think that monument in Addu was stolen? When it was put on fire a night ago? Dont you think security people with civil clothes were not around? The monument was taken away by secret group operated by government because this issue was heating up in the country. When there is no monument, the issue will die out soon.

    ReplyDelete
  7. These controversial monuments were deliberately put in place by Anni so the people will focus their attention on these funny Idols and not the failed economy.
    Watch what happened, every Tom Dick and Harry or to say it in colloquial terms, Hassan Easa and Adanu is talking about the BUDHU KOALhi, They don't realize that they are paying through their noses to talk Budhu Koalhi.
    Now that the SAARC summit is over, and the real issues will come to bare, MDP is spreading stories abut buring the monumnets, stealing the monumnets, so who cares !! we need to focus on the issues that touch our gutts and hurt our ability to move. And that is this Idiot Nasheed who came to power with a coalition and has now dumped all the coalition leaders, and assumed dictatorial powers.
    Does anyone know that the actual cost of this SAARC Summit that ended in disaster, cost us folks 1.5 Billion Rufiyaa? Just for two day, We are Hungry. Wake up people. Talk of issues that matter, the Budhu crap is least of our concern, lets take to the street while the guy is away Heywalla 2013, We want Change, Change this Idiot who does not know a bit of economics and depends of school kids for his economic reform. Shame on Anni,

    ReplyDelete
  8. faadu faadah foto hadaigen jahanvee, balaabal mi kaleyge aharum ah hadaa goi. miko muli rashu hushee budhu bahataifai. Haudhaa haa hithaama huri kamekey, haudhahaa dheraey.
    Allahu mi raees ah launeh lavvaashi. Enaage halaaku kurimathi kuravvaashi. Ammeen

    ReplyDelete

Your comments are welcome.