HeyWalla 2013

We are dedicated to support those who are working so hard and so tirelessly to restore the lost Maldives. "Anne'h Dhivehi Raajje" proved futile. We want our Dhivehi Raajje Back.
All good Maldivians send in your articles, opinions and messages to Heywalla 2013 for publication. My email is
matthiasisoke@gmail.com
Thank you.

Monday, November 21, 2011

Mi kamugai DHEVANA FURUSATHEH neiy !!

ލ.ގަން އަލީއިސްމާއިލް


ދިވެހި ރާއްޖޭގައި ހުރި ބޮޑެތި ބުދުތަށް ފުނޑާ ހަލާކުކޮށް ނައްތާލީ 1153 ވަނަ އަހަރު ކަލަމިންޖާ ރަސްގެފާނު ގެ އަމުރުފުޅަށް ކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ. ވޭތުވެ ދިޔަ 850 އަހަރު ދިވެހިރާއްޖެއާއި ތަޚްތު ތަފާތު ތަޖުރިބާތަކާއި ކުރިމަތިލާން ޖެހުނެވެ. ކާމިޔާބާއި ނާކާމިޔާބު ގެއްލުމާއި ފައިދާ، ނުރައްކަލާއި ނެތިހިގައިދާނެކަމުގެ ބިރުވެރިކަން ފަދަކަންކަން ވެއެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުން ދިވެހި ރާއްޖެއާއި މިރާއްޖޭގެ މުސްލިމް ރައްޔިތުން މިހުރިހާ ކަމަކުން ސަލާމާތް ކޮއްދެއްވިއެވެ. ވޭތުވެ ދިޔަ 850 އަހަރު މި ލޮބުވެތި ފަސްގަނޑުގައި، ދިވެހި އެއްވެސް ދަރިޔަކު ފާޅުގައި ނުވަތަ ސިއްރިޔާތުގައިވެސް، އަހަރުމެންގެ ކާބަފައިންގެ ދީނަށް ގޮންޖަހަން އުޅުނުކަމަށް ތާރީޚް ހެއްކެއް ނުދެއެވެ. 

ވޭތުވެދިޔަ ދިގު މުއްދަތުގައި މި އަހަރު އަޅުގަޑުމެންނާއި އިސްލާމް ދީނަށް ކުރިމަތި ވެފާއިވާފަދަ ބޮޑު ބިރުވެރިކަމަކާއި ކުރިމަތިވީ ޕޯރޗުގީޒު ން ދިވެހި ރާއްޖެއަށް ވެރިވެގަނެގެން ތިބި ދުވަސްވަރު، ދިވެހިން ކްރިސްތިޔަން ދީނަށް އަނބުރާލަން މަސައްކަތް ކުރިކުރުމެވެ. ހާދަހާ ދެރައެވެ. އަޅުގަޑުމެން މިފަދަ ވާހަކަ އަހާ ހިތްވަނީ އެނުރައްކަލުން ސަލާމަތްވެ، ތާރީޚުގެ ފަތްފޮތުގައި ލިޔެވިފައި ހުއްޓާއެވެ. ދިވެހިރާއްޖޭގައި ބަތޮލުންނާއި ފުންނާބު އުސްޤައުމީ ރޫހު ގައި ޖިހާދުކުރަން ކެރޭ ޒުވާނުން މަދުވެފައި ވާ ދުވަސްވަރެއްގައި ދިވެހި ރާއްޖެ އަށް 1988 ވަނަ އަހަރު ސްރީލަންކާ ޕްލޮޓް ޖަމާއާތާއި ގުޅިގެން މި ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނައްތާލަން ރޭވި އާއިލާ ގެ ފަރާތުން ދެވަނަ ނުކައްސިރު ހަމަލަ އައްޑޫ އަތޮޅަށް 2011 ވަނަ އަހަރު އެ ދިނީއެވެ. 

 މިފަހަރު މިބައި މީހުން ތިބީ ފުރިހަމަޔަށް ތައްޔާރުވެއެވެ. ސަރުކާރު ބަދަލުކޮއްލާކަށް ހަތިޔާރު އެޅި ކުލީ ސިފައިން އެއްވެސް އަވައްޓެރި ޤައުމަކުން ގެންނާކަށް ނުޖެހެވެ. ދިވެހި ސިފައިން ތިބީ މިބައި މީހުން ގެ އަތްދަށުލެވިފައިއެވެ. ސަރުކާރު އެއްވެސް މުއައްސަސާއަކުން ދެކޮޅުހަދާނެކަމުގެ ބިރެއް ނެތް، ޚުދް ރައްޔިތުންގެ މަޖިލިސް ވެސް އޮތީ އަތްދަށުކޮށްލައިފައި. ވީމާ އޮތްހަމަ އެކަނިބޮޑުބިރުވެރިކަމަކީ ދިވެހި"ރައްޔިތުން". ގިނަ ދުވަސްތަކެއްގެ ވިސްނުމާއި މަޝްވަރާއަށް ފަހު، އައި މޮޅުޚިޔާލަކީ ސާކް ސަމިޓާއި ދިމާކޮށް ދިވެހި ރާއްޖޭގައި ތަފާތު ދީންދީނުގެ އަޅުކަން ކުރަން ގެންގުޅޭ ބުދުތަކެއް އައްޑޫ ސިޓީގައި ބަހައްޓާ، ރައްޔިތުން އެތައްޗަށް އަހުލުވެރި ކުރެވުން. ވާހަކައި ގައި މިހިސާބަށް އާދެވުނު އިރު، މި ނަޝީދުއާއި މެދު އެއްޗެއް ބުނެނެލަން ޖެހެއެވެ.މީ ނަޝީދުގެ ވަރަށް މޮޅު މަކަރުވެރި ވިސްނުމެއް. ވިސްނަވާ! ފިކުރުކުރައްވާ! ދިވެހި ހުރިހާ ރައްޔިތުންނެވެ. އެމް.ޑީ.ޕީ އުފެދިގެން އައި އިރު، ކުލަޔާއި، ނިޝާން އަދި ކެންޕޭނުގައި ބޭނުންކުރި ގުލްސަމްޕާ މާލާއި، މިކަހަލަ ކިތައްމެ ކިތައްމެ ކަމެއް ގުޅިފައި ވަނީ ބުދުދީނުގެ ރޫހާއި ވިސްނުމާއި އެއްގޮތްވާގޮތަށް ކަން ރަނގަޅަށް ވިސްނާލީމާ ހާމަވެއެވެ. 

މިފަދަ ކުޑަ މުސްލިމް މުޖުތަމައުއެއްގައި، ދައްކަން ހެޔޮނުވާނެ ވާހަކަ މިހުންނަނީ، "ދުނިޔޭގެ އެންމެންވެސް އެކަކު އަނެކަކުގެ އަގީދާއަށް ޤަދަރުކޮށް، އެއްބަޔަކު އަނެއްބަޔަކު ދަސްކުރާނަމަ މީ އުފާވެރި ދީބަކަށް ހެދިދާނެ." އަޅުގަޑު ގެ ސުވާލަކީ މިކަން ކުރަންވީ ދިވެހި ރާއްޖޭ ގެ ކޮޅުކޮޅުމަތީގައި ބުދު ބަހައްޓައިގެންތޯއެވެ، އެންމެފަހަރަކުވެސް އިސްލާމްދީނަށް ނިސްބަތްވާ މޮނިޔުމަންޓެއް ބެހެއްޓިއްޔާ ވާނީ ކީއްތަ؟ ބުދުދީންއަށް ލެބިފައި ތިބި މީހުން އެކަމެއް ނުކުރާނެ. 

ނޫސްތަކުން ޚަބަރު ލިބޭގޮތުގައި ޕާކިސްތާނު މޮނިޔުމަންޓް ގެއްލިއްޖެ، އަދި ލަންކާ ސިންގާ ބުދުގެ މަތީ ދަތްޕިލަ ދުއްވާލާފައި. މަތީ ދަތްޕިލަ ދުއްވާލަންވީ އެބުދުގެ އެކަންޏެއް ނޫން އެޙުކުމް މިހުރިހާ ބުދުތަށް ދިވެހި ރާއްޖެއަށް އެތެރެކުރަން ހިއްވަރުދީ، އަޑީގައި ހުރެ ޤާނޫނާއި ޚިލާފަށް އެތެރެކުރި ކެނެރީ ނަޝީދަށްވެސް އަށް ވެސް ޙާއްޤެވެ. 

އިތުރުވާހަކައެއް ނެތް ދެއްކޭކަށް މީ ޕަބްލިކް ފޯރަމެއް. އަޅުގަޑު ގޮވާލަން ދިވެހި ރާއްޖޭގައި ޤާނޫނީ ވެރިކަން ދަމަހައްޓަން ހުރި ހުރިހާ މުއައްސަސާތަކުގެ ވެރިންނަށް މިކަން ތަޚްޤީގް ކުރައްވާ، ނަޝީދާއި އެނާގެ އެކުވެރިންނަށް ދިވެހި ރާއްޖޭގައި ޣައިރުދީން ފަތުރަން މަސަތްކަތް ކޮށްފައިވާތީވެ އެކަމުގެ ޙައްޤު އަދަބު ކަޑައަޅުއްވަން އެހެނޫނީޔާ،ވަގަކަށް ވެރިކަން ލިބުނީމާ 1000 ދުވަސް ފަހުން ވެރިމީހާއަށް ހުދުކަޅުމިންވެސް އިނގޭނީ. ވަރަށް ސަލާމް. 

2 comments:

  1. ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށްޖާގައެއް ނުދޭނަން!ނުދޭނަން! ނުދޭނަން!

    ReplyDelete
  2. Thee ANNI buni ehcheh nama varaves ufaaveri dho? ekamaku Raees thihan "Islam dheen noon ehen dheenakah furusatheh Nudheynan! Nudheynan! Nudheynan! 125 faharu vidhaalhuviyas, Anni beynunfulheeyaa, ekan kurahvaane kan mihaaru nikamethi dhivehin ah egen vejje.

    ReplyDelete

Your comments are welcome.