HeyWalla 2013

We are dedicated to support those who are working so hard and so tirelessly to restore the lost Maldives. "Anne'h Dhivehi Raajje" proved futile. We want our Dhivehi Raajje Back.
All good Maldivians send in your articles, opinions and messages to Heywalla 2013 for publication. My email is
matthiasisoke@gmail.com
Thank you.

Wednesday, November 23, 2011

Ahmed Assad Isthufaa dhinee tha?


އަޙްމަދް މުޖުތަބާ
އަޚްމަދް އައްސަދް (މިނިސްޓްރީ އޮފް ފައިނާސް ގެ ކުރީގެ ފައިނަންޝަލް ކޮޓްރޯލަރ) އަކީ ފައިނޭންސްގެ ދާއިރާ އިން ވަރަށް ފުންނާބުއުސް، ބޮޑެތި ކާމިޔާބުތަކެއް ޙާސިލް ކުރި މީހެކެވެ. ތްރީއޭ(3އޭ) ކުންފުނި އާއި ހުސޭން ނިޒާރު ގެ ޗެއާރމަން ކަމުގައި ހިންގި މަސްވެރިކަމާއި ބެހޭ ކުންފނި "ރޭޑިޔަންޓްހީޓް" ބަގުރޫޓް ކޮށްލާފައި، އައްސަދުއާއި އެކުވެރިން ކޮޅެއް އުފެއްދި އަމިއްލަ ކޮންސަލްޓަންސީ ކުންފުންޏެއް ވެސް މިފަދައިން ބަންގުރޫޓް ކޮއްލާ، ވޭތުވެ ދިޔަ ހަތަރުވަރަކަށް އަހަރު ތެރޭގައި މިނޫންވެސް މިފަދަ ގިނަ ކާމިޔާބުތަކެއް ހާސިލް ކުރި މީހެކެވެ. 

އެމް.ޑީ.ޕީ ގެ ސަރުކާރު ވުޖޫދަށް އައުމާއި ގުޅިގެން، މީނަ ގެ ކާމިޔާބީތަކުގެ އަލީގައި ރައީސް ނަޝީދް ޤައުމުގެ މާލީހާލަތު ރަނގަޅުކުރުމަށާއި، އިކްތިސާތު ހަރުދަނާ ކުރުމަށް އައްސަދަށް ހަވާލުކުރެއްވިއެވެ. އަލްފާސިލް އައްސަދަށް ލިބިލައްވާފައި ވާ ތަޖުރިބާއާއި ހުނަރުގެ އަލީގައި ޤައުމުގެ އިކްތިސާދު ބިނާކުރައްވަން ފެއްޓެވިޔެއެވެ. އައްސަދު ކުރެއްވި ގިނަގުނަ މަސަތްކަތްތަކުގެ ހެޔޮމަންފާ މިޔަދު އަޅުގަޑުމެން ހުރިހާ ދިވެހި ރައްޔިތުން މި ހިއްސާކުރަނީއެވެ. އައްސަދް ރައީސް ނަޝީދަށް ލަފާ އަރުވާ، ދިވެހިންގެ ދިރިއުޅުމާއި އިކްތިސާދަށް ގެނެސްދެއްވެވި އިސްލާހީ ކުރިއެރުންތަކުގެ ތެރެއިން މިދަންނަވާ ކަންތައްތަށް ފާހަގަކޮއްލަމެވެ. 

(1) ދިވެހި ރުފިޔާގެ އަގު ދައްކުރުން. 
(2) ކަންމަތީ ފިހާރާއިން ވިއްކާތަކެތީގެ އަގު ބޮޑުކުރުން. 
(3) ސަރުކާރު ކުންފުނިތަށް ބަންގުރޫޓް ކުރުމުގެ ސިޔާސަތު ތާރަފް  ކުރުން. 
(4) ސަރުކާރުގެ ޚަރަދުތަށް ބޮޑުކުރުން. 
(5) ބަޖަޓަށް އާމްދަނީ ގެ ގޮތުގައި ލިބޭއަދަކު ބޮޑުކަމަށް މަޖިލިހުގެ މެމްބަރުންނަށް ހުވަފެން ދެއްކުން. 
(6) އަލަށް އިސްކުރެވުނު ފިނާންސް މިނިސްޓަރ ގެ މަސަތްކަތަށް ދަތިކުރުން. 
(7) ސަރުކާރުގެ ޚަރަދުތަށް ކުޑަކުރުމުގެ ގޮތުން ކުރިޔަށްވުރެ ބޮޑުކުރުން. 
(8) މަސްވެރިން ގެ ސަބުސިޑީ ދަންޑުވެރިންނަށްދިނުން. 
(9) ސިވިލްސާރވިސް މުވައްޒަފުން ގެ މުސާރަ އިޔާދަނުކޮށް ހިފެހެއްޓުމުގެ އަޑީގައި ހުރެ،
(10) މިނިސްޓަރ އޮފް ފައިނޭންސް ކަމަށް ފައި ނެގުން 


އަސްސަދު މިހާރު ހާސިލްކުރައްވަން އުޅުއްވާ އަނެއް ކާމިޔާބުއަކީ، ޕީ.ޕީ.އެމް ގެ މާލިހާލަތް ރަގަޅުކުރައްވާ،2013 ވަނަ އަހަރު އިންތިޚާބުވާނެކަމަށް ބެލެވޭ ޕީ.ޕީ.އެމް ގެ ސަރުކާރުގެ މާލީ ވަޒީރުކަން ކުރެއްވުމެވެ. މިފަދަ ގިނަ ގުނަ ކާމިޔާބުތަށް ހާސިލް ކުރައްވާފައިވާ ބޭފުޅުން ގެ އަގުވަޒަންކުރުމަކީ މިޔަދުގެ ސަރުކާރަށް ލާޒިމް ކަމެކެވެ.

No comments:

Post a Comment

Your comments are welcome.